ތ.ވަންދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތު އޮތް މީހާގެ ބަންދަށް ހަތް ދުވަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތ. ވަންދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި ވަންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 61 އަހަރުގެ ފިރިހެނެކެވެ.
ނަމަވެސް، ފުލުހުން އެ މީހާގެ ވަނަވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެގެ ކުރީ ދުވަހުގެ ހަވީރު 18:05 ހާއިރު އެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ކުރަން ޖެހޭ ތަހުގީގުތައް ކުރަމުންނެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް