އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މުޖާހިދު
މިނިސްްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ނައިބަކަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަންކޮށްފައިވަނީ ގއ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދެވެ.
މުޖާހިދު މި މަގާމަށް އައްޔަންކުރީ މިމަހުގެ 11ވަނަ ދުވަހުގައެވެ.
މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.
އަޙްމަދު މުޖާހިދު މީގެ ކުރިން އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް