އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިތުބާރުކުރެޭފަދަ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި މައްސަލައިގެ ތުހުމަތު ކުރެވެނީ ފުލުހަކަށް ކަމަށާއި މައްސަލަ ހުށަހެޅިފައިވަނީ މިހިނގާ ޖޫންމަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާކަމަށް ފުލުހުން ބުންޏެވެ.
އަދި މައްސަލަ ރައްދުވާ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް