ޖޭޕީގެ މަޖިލިސް ޓިކެޓްތައް ދޭނީ ކޮމެޓީއަކުން!
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ނިންމާނީ ކޮމެޓީއަކުންކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މައުލޫމާތު ދޭގޮތުގައި އިއްޔެގެ ނިޔަލަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވަނީ 97 ފަރާތަކުންނެވެ.
މި 97 ފަރާތުގެ ތެރެއިން މަޖިލީހުގެ ގޮނޑި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކޮމެޓީއަކުންނެވެ. މި ކޮމެޓީގައި ފަސް މެންބަރުން ތިއްބަވާއިރު، ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ އެޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.
ޖޭޕީން ބުނިގޮތުގައި އެޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ކޯލިޝަން އެއްބަސްވުމުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް