ހުޅުމާލޭގައި ފެންވަރާނެ ތަންތަން ގާއިމްކުރުމަށް އިއުލާންކޮށްފި
އާންމުންނަށް ބޭނުންކުރެވޭނެގޮތަށް ހުޅުމާލޭގެ ހަ ސަރަހައްދެއްގައި ފެންވަރާނެ ތަންތަން ގާއިމްކުރުމަށް އިއުލާންކޮށްފިއެވެ.
މިކަމަށް އިއުލާންކޮށްފައިވަނީ ޕްލޭނިންގް މިނިސްްޓްރީގެ ފަރާތުންނެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރއަށް ހުޅުމާލޭގެ 6 ސަރަޙައްދެއްގައި ފެންމާގަނޑު ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން މިނިސްޓްރީއިން ދެވިފައިވާ މަޢުލޫމާތު ކަރުދާހާއި، ބީ.އޯ.ކިއު ބަދަލުވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، ހުޅުމާލެ 6 ސަރަޙައްދެއްގައި ޕަބްލިކް ޝަވަރ އޭރިއާތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރާކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 10 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
މި މިނިސްޓްރީއިން މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް