މާލޭގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބޭރުގެ އަންހެނަކު ހުއްޓުވައިފި
މާލޭގެ މިސްކިތެއްގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އަމަލުކުރި ބޭރުގެ އަންހެނަކު ހުއްޓުވައިފިއެވެ.
މިރޭ މަޣްރިބް ނަމާދުގެ ވަގުތުގައި މި ހާދިސާ ހިނގާފައިވަނީ އަމީރު އަހުމަދު މަގު، ކުރީގެ އިސްލާމިކް ބޭންކް ކައިރީގައި ހުންނަ މަސްޖިދުލް އިސްކަންދަރު މިސްކިތުގައެވެ.
މި ބޭރުގެ އަންހެންމީހާ ވަނީ ދުވެފައި އައިސް މިސްކިތުގެ އެތެރެއަށް ވަދެ، މުސްލިމުންނަށް ހުތުުރުވާ ފަދަ ބަސްތައް ގޮވާހަދާފައެވެ.
އެވަގުތު އޭނާާއާއި އެކު ހުރި މީހަކު ވަނީ އޭނާ ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ އެތަނަށް އައިސް އެ އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ އަންހެންމީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް