ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ހުސައިން ޝަރީފް ސަސްޕެންޑްކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ހުސައިން ޝަރީފް މަޤާމުން ސަސްޕެންޑްކޮށްފިއެވެ.
ހުސައިން ޝަރީފް މަޤާމުން ސަސްޕެންޑްކޮށްފައިވާކަމަށް ސިވިލްސާވިސް ކޮމިޝަނުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ޝަރީފް ސަސްޕެންޑްކޮށްފައިވަނީ، އޭނާ އާ ގުޅޭގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތަށް ބެލުމަށްކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ. ޝަރީފް ސަސްޕެންޑްކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ހުސައިން ޝަރީފް މަޤާމުން ސަސްޕެންޑްކުރުމުން އޭނާގެ ޒިއްމާތައް ހަވާލުކޮށްފައިވަނީ، އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އަލީ ޒަކީ އާއެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީކަމަށް ހުސއިން ޝަރީފް އައްޔަނުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއިމަހުއެވެ. އޭނާައަކީ މަޤާމުގައި އެންމެ ގިނަދުވަސްވީ އެއް ޕާމަނަންޓް ސެކެރެޓަރީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް