އެޗްޑީސީގެ ޑީއެމްޑީ ފަޔާޒް މަންސޫރު އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި ފަޔާޒް މަންސޫރު މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ފަޔާޒް އިސްތިއުފާ ދެއްވިކަން އެތަނުގެ ސީނިއާ އޮފިޝަލަކު ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ފަޔާޒް އިސްތިއުފާދެއްވި ސަބަބެއް ސީދާ ކުންފުންޏަކުންވެސް އަދި އޭނާވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް އިސްތިއުފާދެއްވާފައިވަނީ ކުންފުނީގެ އެމްޑީކަމުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ.
މައުރޫފެކޭ އެއްގޮތަށް ފަޔާޒަކީވެސް އެޗްޑިސީގައި ކުރިން ވަރަށް ގިނަދުވަސްވަންދެން އުޅުއްވި ބޭފުޅެކެވެ. ފަޔާޒް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަނުކުރައްވާފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.
މައުރޫފް ޖަމީލް އެޗްޑީސީ ދޫކޮށްލައްވާފައިވަނީ ރިޓަޔަރކުރުމުގެ ވާހަކަތަކެއް ދެކެވިފައިވައިވަނިކޮށް އިއްޔެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް