އެމްއެމްޕީއާރުސީގެ ބޯޑަށް ދެ ބޭފުޅުން އައްޔަނުކޮށްފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑަށް ދެ ބޭފުޅުން އައްޔަންކޮށްފި އެވެ.
މިގޮތުން، އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރުކަމަށް އައްޔަނުކޮށްފައިވަނީ އައިޝަތު ހަމީދު އަދި އަބްދުއް ސަމީއު އިމާދެވެ.
މިދިޔަ މަހުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަންކޮށްފައިވާއިރު، ޝިއުރީ މި މަގާމަށް އައްޔަނުކުރީ، ކުރިން އެ މަޤާމުގައި ހުންނެވި ފާތިމަތު ތައުފީޤް (ކުޑީ) ވަކިކުރެއްވިތާ 20 ވަރަކަށް ދުވަސް ފަހުންނެވެ.
އެމްއެމްޕީއާރުސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް