N/A
N/A
ހަބަރު 02 Jan 2019 | 06:33

އަފްރާޝީމް، ޔާމީންގެ މަރާއި ރިޟުވާން ގެއްލުވާލި މައްސަލަ ހަރުކަށި ދީނީ މީހުނާ ދިމާލަށް

މާލޭގައި މަރާލެވިފައިވާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރ ޑޮކްޓަރ އަފްރާޝީމާއި، ނޫސްވެރިޔާ އަދި ބްލޮގާ ރިޟުވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އެއްގޮތްކަންތައްތަކެއް ހުރިކަމާއި އެއްމަރު އަނެއްމަރާއި ގުޅިފައިވާކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވުމުން ކުރިން މިމައްސަލަތަކުގެ ތަހްގީގުން ފެނިފައިވާ ކަންކަމަށްވުރެ ތަފާތު އާކަމެއް ކޮމިޝަނަށް ލިބިފައިނުވާކަން ދޭހަވެއެވެ.

ތިން މައްސަލައާއިބެހޭގޮތުން ސުއޫދު ފާހަގަކުރެއްވީ "އެއް ޕެޓާނަކަށް، އެކަތި އަނެކައްޗާ ގުޅުން ހުރި ކަމަށް އަޅުގަނޑުމެން މި ބަލަނީ. ތިން މައްސަލަ ވެސް ގުޅިފައި އޮތް ކަމަށް"

ޑޮކްޓަރ އަފްރާޝީމްގެ މައްސަލާގައި ފުލުހުންނަށް ހޯދައިނުގަނެވިފައިވަނީ އަފްރާޝީމް އަވަހާރަކޮށްލަން އޯޑަރުނެރުނު ނުވަތަ ފަންޑުކުރި މީހުންނެވެ. ސުއޫދުގެ ވާހަކައިން ދޭހަވަނީ ޔާމީނާއި ރިޟުވާން މަރާލަން އޯޑަރުނެރުނު މީހުންނާއި ފަންޑުކުރި މީހުންނާއި އަފްރާޝީމްގެ މައްސަލައިގެ އަޑީގައި ތިބި މީހުންނަކީ ދާދި އެއްބަޔެއްކަމެވެ. އެނޫންގޮތަކަށް އެއްގޮތްވާނެގޮތެއް ނެތެވެ. އެއީ މިތިން ހާދިސާގައި އަމަލީގޮތުން ބައިވެރިވެފައިވަނީ ތިންބަޔެއްކަމަށްވާތީއެވެ. ނޭގެނީ މުލުގައި ތިބި ނުވަތަ ފަނޑުކުރިމީހުންނެވެ. އެއްޕެޓާނަކީ އެތިން މީހުންވެސް ދިރިއުޅުނު ގޭދޮށަށްގޮސް ގަތުލު ހިންގާފައިވުމެވެ. ބެލެވިފައިވަނީ ރިޟުވާނަށް އެކުރިކަމެއް ކުރީ އޭނާ ގެއިން ނެރެގެންގެންގޮހެވެ.

ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައިގެ ފަންޑުކުރި މީހުންނަކީ ނުވަތަ އޯޑަރުނެރުނު މީހުންނަކީ ސިޔާސީ ބައެއްކަމަށް ކުރިން ތުހުމަތުކުރެވުނެވެ. އެތުހުމަތު ކުރެވުނީ އަފްރާޝީމް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން އެމީހުންނާ އެމައްސަލާގައި މުއާމަލާތްކުރިމީހުންގެ ގޮތުގައި ދެއްކި ބަޔަކީ ސިޔާސީގޮތުން ހަރަކާތްތެރިވަމުންދިޔަ ބަޔަކަށްވާތީއެވެ. އެމީހުން އޭރު ނިސްބަތްވީ އިދިކޮޅު ޕާޓީގެ ގޮތުގައި އޭރު އޮތް އެމްޑީޕީގެ އެކްޓިވިސްޓުންތަކަކަށެވެ. އެކަމަކު އޭގެ ދުވަސްތަކެއްފަހުން ތުންތުންމަތިން ފަތުރަމުންދިޔަ ވާހަކަތަކެއް ފެތުރެމުންގޮސް އަފްރާޝީމްގެ ޕާޓީގައި ތިބި ބަޔެއްގެ ބޮލަށް ބިންދައިލެވުނެވެ.

އަދީބުންގޮސް ރައީސް އަބްދުﷲ ޔާމީނާއިހަމައަށް ތުހުމަތުގެ އިނގިލިދިއްކޮށް މިއަދު ރިޔާސީ ކޮމިޝަނުން ހަގީގަތުގައި އެބަލަނީ ރައީސް އަބްދުﷲ ޔާމީންއާއި ލިންކެއް އޮތްކަން ހޯދޭތޯއެވެ. ރިޟުވާންގެ މައްސަލާގައިވެސް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރިޟުވާނަށް ފޯރުކޮށްދިން ލިޔުންތަކެކޭ މަރުގެ ސަބަބަކީ އެޔޭ ކިޔައިގެން ފަތުރާ ވާހަކަތަކެއްވެސް އޮވެއެވެ. މިއީވެސް އަދީބަށް ތުހުމަތުކުރެވޭ ކަމެކެވެ. އަދީބަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ޔާމީނާއިހަމައަށެވެ.

އެހެންނަމަވެސް ޔާމީނުގެ ވެރިކަމުގައި ކޮރަޕްޝަން މައްސަލަތަކަކާއި ރިޔާސީ ލޯންޗްކޮޅުގައި ބޮންގޮއްވި މައްސަލަތައް ޝަރީއަތަށް ސާބިތުވެ އުމުރުދުވަހަށްވުރެވެސް ދިގު މުއްދަތެއް ޖަލުހުކުމްތަކެއް އައިސްފައިވުމާއެކުވެސް މިއިން މައްސަލައެއްގައި ޔާމީނަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް އަދީބު ބުނެފައިނުވާކަން ފާހަގަކުރެވެއެވެ. އޭނާދަނީ މުތުލަގަށް މިމަރުގެ މައްސަލަތަކަށް އިންކާރު ކުރަމުންނެވެ.

ދީނީ ހަރުކަށި މީހުންނަށް ކުރެވޭ ތުހުމަތު

ކޮމިޝަންގެ ރައީސް ސުއޫދުގެ ވާހަކަ އެނަލައިޒްކޮށްލުމުން މިނޫން އެހެންދިމާއަކަށް އިގިލިދިއްކުރެވޭކަމަށް ފެނެއެވެ. އެއަށް ބާރުލިބިދޭ ކަންކަން އެބަހުއްޓެވެ. ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން ހަރަކާތްތެރިވެފައިވާ އިސްބޭފުޅަކު ވިދާޅުވެފައިވާގޮތުގައި ފުލުހުންގެ ތަހްގީގުން ބޮޑަށް ބާރުލިބެނީ ސިޔާސީ މަރުތަކަކަށްވުރެ ބޮޑަށް އެހެންގޮތަކަށް ހިގާފައިވާކަންތައްތަކެއްގެ ގޮތުގައެވެ. ހައްދުފަހަނައަޅާފައިވާ ދީނީ ފިކުރުގެ ބައެއްގެ ކަމެއްކަމަށެވެ. އަފްރާޝީމާއިގުޅޭ ބެކްގްރައުންޑެއް ފާހަގަކުރެވިފައިވެއެވެ. އެއީ ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުންގެ އަމާޒަކަށް އޭނާވެ، އޭނާއަށް ހަމަލާދެވިފައިވުމެވެ. އިބްރާހިމީ މިސްކިތުން ފައިބަނިކޮށް ހިގައިދިޔަ ކަންކަން އެއީ ރޯމާދުވާލު މާލޭގެ އާއްމުތަނެއްގައި ހިގި އާދައިގެ ކަމެއްނޫނެވެ. ދަރިފުޅުގެ ކުރިމަތީގައި އަފްރާޝީމަށް ހަމަލާދިނެވެ. ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވައި މުޒާހަރާކުރި މީހުންގެ އިސްމީހަކަށްހުރި ހިއްލަތަށްވެސް ވަޅީގެ ހަމަލާއެއް އަމާޒުވިއެވެ. އެކަމަކު އެހަމަލާގެ ފަހަތުގައިވަނީ ދީނީފިކުރުގެ ބައެއްކަމެއް ނުވަތަ އޭނާ ބައިވެރިވި މަސްތުވާތަކެތީގެ މައްސަލައާއިގުޅޭކަމެއްކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ރައީސް މުހައްމަދު ވަހީދުގެ ދުވަސްވަރު މާލޭގައި ހައްދުފަހަނައަޅާފައިވާ ބަޔަކު މީހަކު ރަހީންކުރިކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފައިވެއެވެ. ފަހުން އެމީހާ ސަލާމަތުން ދޫކޮށްލެވުނެވެ. ރިޟުވާނަކީ ދީނީފިކުރުގެ ބައެއްގެތެރޭގައި ހުރުމަށްފަހު އެމީހުންނާއިވަކިވެ ބައެއް މައްސަލަތަކުގައި ހަރުކަށި މީހުންނާއި ގުޅޭ ބައެއް ލިޔުންތައް ޝާއިއުކުރަމުންދިޔަ މީހެކެވެ. ހަމައެހެން ޔާމީން ރަޝީދަކީވެސް ސިޔާސީވާހަކަތަކާއެކު ހަރުކަށި ހައްދުފަހަނައަޅައިދިއުމާއި ތައާރަޟްވާ ޚިޔާލުތައް އަދި އޭނާ ގަބޫލުކުރާ ރިލިޖަސް ފިލޯސަފީއެއްސޯޝަލް މީޑިއާގައި ފާޅުކުރަމުންދިޔަ ފަރާތެކެވެ.

ރާއްޖޭގައި މިތިން މީހުންނަށްވުރެ މާބޮޑަށް ސިޔާސީގޮތުން ފުރައްސާރަކޮށް ހުތުރުއެއްޗެހި ގޮވާމީހުން އެބަތިއްބެވެ. އެމީހުން ވަރަށް މިނިވަންކަމާއެކު އުޅެއެވެ. އެކިމީހުންނަށް ބިރުދެއްކުމުގެ އިންޒާރުތައް ނުދޭ ވާހަކައެއްނޫނެވެ.

އެކަމަކު ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުންގެ ހަރަކާތްތައް ދިރާސާކުރާ އަދި އެމީހުންނާ ދީނީ އެކިމައްސަލަތަކުގައި ބަހުސްކުރެވޭ ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ހައްދުފަހަނައަޅާފައިވާ މީހުންނަކީ އާއްމު މީހާ ހިތަށްވެސް ނުގެނެވޭހާ ނުރައްކާތެރި ބައެކެވެ. އެމީހުންގެ ހަރަކާތްތަކާމެދު ގިނަމީހުންވަނީ ޖާހިލު އަދިރިކަމެއްގެތެރޭގައެވެ. އެމީހުން ގޮތަކަށް ހުކުމްޖަހައިފިނަމަ އެނިމުނީއެވެ. ގައުމީ ސަލާމަތާއިބެހޭ މަޖިލީހުގެ އިސްވެރިޔަކު ވިދާޅުވިގޮތުގައި ހައްދުފަހަނައަޅާފައިވާ މީހުންނާއިބެހޭ މައުލޫމާތު ފުލުހުންނާ ސިފައިންގެ އިންޓެލިޖެންސަށް ފޯރުކޮށްދޭފަރާތްތަކަށް މަރުގެ ހަމަލާއަތުވެދާނެކަމުގެ ބިރު އޮވެއެވެ. އެފަދަ ކިތަންމެ ކަމެއް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވެއެވެ.

އަފްރާޝީމް މަރާލުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެތެރެއިން އަޒްލިފް ރައޫފް އޭނާގެ ހައްދުފަހަނައަޅާފައިވާ ޚިޔާލުގައި ސީރިޔާއަށްފިލައިގެންގޮސް ސީރިޔާގެ ޓެރަރިސްޓް ޖަމާއަތެއްގައި ހަގުރާމަކުރަމުންދަނިކޮށް މަރުވެފައިވާކަމަށް ވެއެވެ.

ކޮންމެއަކަސް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ ވާހަކަތައް ބިނާކުރުމުގައި ފުލުހުންގެ ތަހްގީގީ ހޯދުންތަކަށް ރިއާޔަތްކުރާނަމަ ނުވަދިހަ ނުވަ އިންސައްތަ މިސްރާބް އެހެރީ ދީނީ ހަރުކަށި މީހުންނާ ދިމާއަށެވެ. އެކަމަކު ސިޔާސީގޮތުން ކައްކާދީފައިވާ އެއްޗަކަށް ރިއާޔަތްކުރާނަމަ ސިޔާސީ ފަރާތަކަށް އަމާޒުނުކުރާނެ ވާހަކައެއްނޫނެވެ. ސިޔާސީގޮތުން އިގިލިދިއްކުރެވޭ އަދީބާއި ސުވާލުނުކުރަނީ ކީއްވެގެންތޯ ނޫސްވެރިޔަކު އެހުމުން ސުވާލުކުރަންޖެހިއްޖެނަމަ ސުވާލުކުރާނެ ވާހަކަ އޭނާ ވިދާޅުވީ އެހެންވެގެންނެވެ. އާއްމުންގެތެރެއިންވެސް ލައްކަ ގިނަމީހުން މައުލޫމާތުދިނުމުންވެސް އަދީބާއި ސުވާލުކުރަންޖެހޭފަދަ ސައްހަ ހެކިތަކެއް ހިމެނޭ މައުލޫމާތުތަކެއް ކޮމިޝަނަށް އަދި ނުލިބެނީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...