ދެ އަތޮޅު ކައުންސިލަކަށް އެސްޖީން ހޯދަނީ
ދެ އަތޮޅު ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އިޢުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެސްޖީން ހޯދަން އިޢުލާންކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އާއި ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށެވެ.
ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރަނީ 5 އަހަރުގެ މުއްދަތަކަށެވެ. އަތޮޅު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްއަށް މުސާރައިގެ ގޮތުގައި މަހަކު 12130ރ. ، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870ރ. އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެއެވެ.
މި މަގާމުތަކަށް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުވުމަށް 3307365 އަށް ގުޅައިގެން ނުވަތަ [email protected] އީމެއިން އެޑްރެހަށް މެއިލުކޮށްގެން މައުލޫމާތު އޮޅުންފިލުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް