އެމްއެންޑީއެފުން ކަނޑުމަތީގެ ހާދިސާއެއްގައި ބަޔަކަށް އެހީވުމުގައި..
އެމްއެންޑީއެފުން ކަނޑުމަތީގެ ހާދިސާއެއްގައި ބަޔަކަށް އެހީވުމުގައި..
ހަބަރު 07 Aug 2025 | 05:40

ކުމުންދޫ ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލައި ބަޔަކު ކަނޑުވެއްޖެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ގަދައިގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހދ.ކުމުންދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި ކަނޑުވި މީހުން އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފައިވާކަމަށް ބުންޏެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްފާރްޓްގައި ވަނީ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކުމުންދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލިއިރު މިއީ 12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. ރޭ މާލެ އަތޮޅު ގުރައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައި 17 ބިދޭސީން ކަނޑުވުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ނަމަވެސް ކަނޑުވި އެންމެން ސަލާމަތްވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުގަދަ ދުވަސްވަރެއްކަމުން މޫސުމާ ބެހޭ މައުލޫމާތު ހޯދައިގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އަދި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...