އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް ލިބިއްޖެ އެވެ.
ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީން އެވޯޑް ލިބުނީ ބެޗެލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކްރިލޭޝަން ހަދަމުންދާ ނޫސްވެރީން ކަމަށްވާ ވޮއިސްގެ ޗީފް އެޑިޓަރު އަދި ނޫސްވެރިޔާ ޝަފްރާޒް އަހްމަދު ހުސައިންނާއި ޕީއެސްއެމްގެ ދެ ނޫސްވެރީން ކަމަށްވާ އައިމިނަތު ޝާޒިޔާ އާއި ޝިފްނާ އަހްމަދާއި އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު އެވެ.

އެމްއެންޔޫގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ޑީންސް އެވޯޑް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް