އޭސީސީގެ ނައިބަކަށް ނާޝިދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފަހުން ފޮނުއްވި ނަންފުޅުކަމަށްވާ ޢަބްދުالله ނާޝިދު، އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަބްދުالله ނާޝިދަށް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 69 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އޭސީސީގެ ނައިބަކަށް އައްޔަންކުރައްވަން ކުރިން ރައީސް ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް، ރައީސް ވަނީ މިދިޔަ ހަފުތާގައި ނަން ބަދަލުކުރައްވައި، މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
ރ. އަލިފުށި، ފަސާނާ، ޢަބްދުالله ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުالله ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް