ހުޅުމާލޭގައި މިއަދު ހެނދުނު ޓެކްސީއެއް އެކްސިޑެންޓްވެއްޖެ
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ޓެކްސީއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 07:02 ހާއިރު، ރީތިގަސް މަގުން ދިޔަ ކާރެއް، ކޮންޓްރޯލް ނުވެގެންގޮސް ގަސްތަކުގެ ތެރެއަށް ވަދެގެންނެވެ.
އެވަގުުތު އެ ކާާރުގައި އިނީ ޑްރައިވަރު އެކަންޏެވެ. އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް މި އެކްސިޑެންޓްގައި މި ކާރުގެ ކުރީކޮޅުގެ ބަފަރ ވަނީ ނެއްޓިފައެވެ. މި ކާރު ދުއްވަން އިން ޑްރައިވަރުގެ އަތުގައި ލައިސަންސް އޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް