އަދީބު އަނބުރާ ޖަލަށް ގެންދިއުމަށް ތައްޔާރުވެއްޖެ
ޖަލުހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބަލިހާލަތާއި ގުޅިގެން ގޭބަންދަށް ބަދަލުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދިއުމަށް ކަމާއިބެހޭ ފަރާތްތަކުން އެގެއަށް ގޮސްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އަދީބު ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ ގ.ހުމަށީގައި މިވަގުތު ދަނީ ގިނައަދަދެއްގެ ފުލުހުންނާއި ކަރެކްޝަންސްގެ ފަރާތްތަކުން ހަރަކާތްތެރިވަމުންނެވެ.
ބެލެވޭ ގޮތުގައި މިރޭގެ ވަގުތެއްގައި އަދީބު އަނެއްކާވެސް ޖަލު ބަންދަށް ގެންދެވޭނެއެވެ.
މިއަދުގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު ގޭގައި ބަހައްޓާނީ ޑޮކްޓަރުން އަންގާފައިވާ މުއްދަތަށް ކަމަށާއި، އޭނާ އަނބުރާ ގެންދަން ޖެހުމުން ގެންދާނެކަމަށެވެ.
އަދީބު ވަނީ ގޭބަންދުގައި ހުންނަވައިގެން އެމްޓީޑީ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް