އަތޮޅުތެރޭގެ ދެ ސްކޫލެއް ނިންމަން އާރުޑީސީއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިމާރާތްކުރުމުގެ މަސައްކަތް ހުއްޓިފައިވާ ސްކޫލްތަކުގެ ތެރެއިން ދެ ރަށެއްގެ ސްކޫލުތައް ނިންމުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑިސީ) އާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އާރުޑީސީއާއެކު ސްކޫލްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އާރުޑީސީއާ މިއަދު ހަވާލުކޮށްފައިވަނީ، އއ. މާޅޮސް އަދި އދ. ފެންފުށި ސުކޫލްގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.
އެޑިއުކޭޝަނުން ވަނީ ރާއްޖޭގެ ނުނިމިހުރި18 ސްކޫލެއް ނިންމުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ ޖުމްލަ އަގު 80 މިލިއަން ރުފިޔާއަށް އަރައެވެ.
ސްކޫލްތައް ނިންމުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އާރުޑީސީ، އެމްޓީސީސީ، އަދި ފެނަކައެވެ. އެ ސްކޫލުތައް އިމާރާތް ކުރަމުންދިޔަ ކުންފުނިތަކުގެ އެއްބަސްވުން ބާތިލްކޮށްފައިވަނީ، މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް