ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީއަކަށް މައުރޫފް އައްޔަންކޮށްފި
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އެމަގާމަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުންވަނީ ހާމަކޮށްފައެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަންކަމުގެ މަގާމުވެސް ފުުރުއްވަމުން ގެންދަވާ މާއްޓޭގެ ޒިންމާއަަކަށް ވާނީ ސްޕޯޓްސް ކޯޕަރޭޝަން ދުވަހުން ދުވަހަށް ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމެވެ.
މާއްޓޭ ވަނީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއްވެެސް ހާސިލްކުރައްވާފައެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް