ރައީސް ސޯލިހުގެ މަންދޫބު ލަންކާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބު، ސްޓޭޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޚަލީލް ލަންކާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތައް މިއަދު ކުރިއަށް ދިޔައީ އެމަނިކުފާނު ކޮޅުނބަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ޚަލީލު ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަދި އެޤައުމުގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތައުޒިޔާ ވިދާޅުވެ، އިއްޔެ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހި ރާއްޖެ އޮތީ ސްރީލަންކާ ސަރުކާރާއި ރައްޔިތުންނާއިއެކު ކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ޚަލީލްގެ އަރިހުގައި ކޮޅުނބުގައި ހުންނަ ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް