އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަންގެ މަގާމުތައް ހަވާލުކޮށްފި
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ހޮވުނު ދަރިވަރުންނާއި އެ މަގާމުތައް ހަވާލުކޮށްފިއެވެ.
އެ ދަރިވަރުންނާއި މަގާމުތައް ހަވާލުކޮށްފައިވަނީ ގައުމީ ޔުނިވަރސިޓީގެ މައި އިމާރާތުގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒެވެ.
ސްޓޫޑެންޓް ޔޫނިއަންގެ ނައިބު ރައީސް އަމަލީގެ މަގާމަށް ހޮވިފައިވާ ދަރިވަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ޔުނިވާސިޓީގެ ކޮންޓްރޯލަރ އޮފް އެގްޒެމިނޭޝަންސް ފާތިމަތު ނާޒިޔާ އެވެ.
ހަޒާންދާރުގެ މަގާމަށް ހޮވިފައިވާ ދަރިވަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާއެވެ. އެމްއެންޔޫއެސްޔޫ މީޑިއާ ކޯޑިނޭޓަރުންނަށް މަގާމު ހަވާލުކޮށް ދެއްވީ ޔުނިވަރސިޓީގެ ޑީން އޮފް ރިސާރޗް ޑރ. ރަހީމާ އަބްދުއްރަހީމް ވެއެވެ.
މިރަސްމިޔާތުގައި ގައުމީ ޔުނިވަރސިޓީގެ ޝަރަފްވެރިކަމާއި، އިއްޒަތްތެރިކަމުުގެ ނިޝާންގެ ވެރިޔާގެ މަޤާމު ލިބުނު ފަރާތްތަކަށް ހަވާލު ކޮށްދެއްވާފައި ވަނީ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފެވެ.
ގައުމީ ޔުނިވަރސިޓީގެ ޝަރަފްވެރިކަމާއި، އިއްޒަތްތެރިކަމުުގެ ނިޝާންގެ ވެރިޔާގެ މަޤާމު ލިބުނު ފަރާތްތަކަކީ އިބްރާހިމް މަފާޒް، މުހައްމަދު ޝިހާން، ހާލިދު މުހައްމަދު، އަލީ އަމީރު، ހުސެއިން މޫސާގެ އިތުރުން ހުސެއިން ފަޒީލް އަދި ހުސެއިން އަމީން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް