އާ އަހަރަކީ މާޒީން އިބްރަތް ލިބިގަންނަން ލިބޭ ފުރުސަތެއް: ރައީސް ޞާލިހު
ހިޖްރީ އާ އަހަަރަކަށް މަރުހަބާ ކިޔާ މުނާސަބަތަކީ މާޒީން އިބްރަތް ލިބިގަންނަން ލިބިދޭ ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އަހަރަކަށް އަލްވަދާޢު ކިޔައި، އާ އަހަރަކަށް މަރުޙަބާ ކިޔާ މުނާސަބަތަކީ، މާޒީން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަމަށެވެ. އަދި މިއީ މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއްކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޤައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް