މިރޭ ހިނގި އެކްސިޑެންޓް: އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި އެކަކު މަރުވެފައިވާއިރު އަނިޔާވި އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރީގަ އެވެ. އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. ޕިކަޕެއްގައި ވެސް ޖެހުނެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އެއީ 17 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ބުނީ އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް