ފޭސް 2 ގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 2 ގެ އެޗް 11 ކައިރީގައި މިމަހު 19 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، މި މާރާމާރީގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު، އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން، މި މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގެ އަދާހަމަ ދެމުން ފުލުހުން މިއަދު ބުނީ، މިމަހު 20 ވަނަ ދުވަހުގެ ރޭ 23:10 ގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރު ކޮށްފައިވަނީ، މުޙައްމަދު ރައިހާން ހުސައިން (18އ) މއ.ޝެލްޓަރ/ ކ. މާލެ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު އަދި ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް