ރައީސް ސޯލިހް ދެންފެންނާނީ ޖެޓްސްކީއެއްގެ މަތިން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަބަދުމެ ފެނިގެންދަނީ ކުޅިވަރުގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރިކަމާއި އެކު އުޅުއްވާތަނެވެ. އެގޮތުން މިފަހަރު އެމަނިކުފާނު، ޖެޓްސްކީ އެއްގައި އަތޮޅެއްގެ ތެރޭގައި ދެމެދު ދަތުރުކުރައްވަން ނިންމަވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މީޑީއާތަކާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި އިވެންޓް އޮންނާނީ ލޯކަލް ޓުއަރިޒަމްގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައިކަމަށެވެ.
މި އިވެންޓް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ކުދި ރަށްތަކަށްވެސް މި ސަރުކާރުން އަހައްމިޔަތުކަން ދޭނެ ކަަމާއި، އައިލެންޑް ޓުއަރިޒަމްއަށް ދޭ ސަމާލުކަންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މި އިވެންޓް ކަވަރު ކުރުމަށް އިންޓަނޭޝަނަލް މީޑިއާތަކަށްވެސް ފުރުސަތު ދެއްވާނެކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް