ހިޔާ ޓަވަރުން ވެއްޓި އަނިޔާވި މީހަކަށް ފަރުވާދެނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރަކުން ވެއްޓި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، އެ މީހާ ވެއްޓުނީ ހިޔާގެ ތިން ވަނަ ޓަވަރުގެ ދެ ވަނަ ފަންގިފިލާއިންކަމަށެވެ.
މިހާރު އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް