އާޓިފިޝަލް ބީޗްގެ މަސައްކަތް މިއަދަށް ނިންމައެއް ނުލެވުނު
މިއަދަށް މަސައްކަތް ނިންމާލުމަށް ރޭވިގެން ތަރައްގީކުރަމުންދިޔަ މާލޭ ހެންވޭރު އާޓިފިޝަލް ބީޗް ހުުޅުވުން ފަސްކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދިޔަ މި މަޝްރޫއު ތަރައްގީ ކުރުމުގެ މަސައްކަތް އެކުންފުނިން 24 ގަޑިއިރު މަސައްކަތްކުރަމުންދިޔަ ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މޫދަށް އެރޭ ސަރަހައްދު ފުންކުރެވިފައިވާނެކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީން ކުރިން ބުނެފައިވަނީ އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ އަސްލު ޕްލޭނާއި އެއްގޮތަށް މަސައްކަތް ނިންމާނުލެވުނު ނަމަވެސް އާންމުންނަށް ބޭނުން ކުރެވޭ ވަރަށް މަސައްކަތް ނިންމުމަށްފަހު ރޯދަ މަހުުގެ ފުރަތަމަ ދުވަހު އެތަން ހުޅުވާނެ ކަމަށެވެ.
އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއުއަކީ މިދިޔަ އަހަރުގެ މެއި މަހުގައި، ފަސް މަސް ދުވަހުގެ މުއްދަތެއްގައި ނިންމާލުމަށް ހަވާލުކުރެވުނު މަޝްރޫއުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް