ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުން ތަކުގައި ސޮއި ކޮށްފައިވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަވީރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން ސޮއި ކުރެވުނު އެއްބަސްވުންތަކަކީ؛
1- ފްރީ ޓްރޭޑް އެއްބަސްވުން
ރާއްޖޭގެ ފަރާތުން ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
2- 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން
3- ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުން
ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމާއި ޑޮލަރު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
4- މަސްވެރިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ ފަހުމާނު
މަސްވެރިކަން ތަރައްގީކުރުމާއި ގުޅޭ ފަހުމުނާމާގައިި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
5- ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން
ބޭސް އެތެރެކުރުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމެވެ.
6- ތިމާވެށީގެ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުން
ތިމާވެއްޓާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
7- ޑިޖިޓަލައިޒޭޝަންގެ އެއްބަސްވުން
ޑިޖިޓަލައިޒޭޝަނާއި ބެހޭ އެއްބަސްވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
8- އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމުގެ އެއްބަސްވުން
އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުالله ހަލީލެވެ.
މި އެއްބަސްވުންތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް