އަދީބުގެ ކޮރަޕްޝަންގެ ފައިސާ ހުންނާނީ ރައީސް ނަޝީދުގެ އަތުގައި- އިބްރާޙިމް މުހައްމަދު
އަދީބު ހިންގި ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ހުންނާނީ ނަޝީދު އަތުގައި ކަމަށް ދޭހަވާ ފަދަ ގޮތަކަށް މައްޗަށް ގޮޅީ މެދު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު ވާހަކަދައްކަވައިފިއެވެ.
އިބުރާހިމް މުހައްމަދު މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިމާ އެޅުވި ފަނީގެ ލެޕްޓޮޕް ތިމާ އަތުގައި، އަދި އެފަނީގެ މޯބައިލް ފޯން ތިމާ އަތުގައި އޮތް ނަމަ، ވީތަނެއް ނޭގިގެން ނުފެނިގެން އުޅޭ އެފަނި ކެއި ހާ އެއްޗެއްވެސް އޮންނާނީ ހަމަ ތިމާ އަތުގައި ކަމަށް ޔަގީން ކަމަށް އެޓްވީޓްގައި ބުނެފައިވެއެވެ.
އިބްރާހިމް މުހައްމަދު އެހެން ބުނެފައިވާއިރު، ދާދިފަހުން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވަޒީރު ކަމަށް ގެނައީ، އޭނާ ބޭނުން ވެގެން ކަމަށާއި، އަދީބު ވަޒީރު ކަމަށް ގެނައީ ސިޔާސީ ބޮޑު މަންޒަރު އޭނާއަށް ސާފުވާތީ، މާ ކުރިންވެސް އެކަން ހިނގާނެ ގޮތް ތަސައްވަރު ކުރުމަށްފަހުގައި ކަމަށެވެ.
އަދީބު ސަރުކާރުގެ ތެރޭގައި ގޯސް ހެއްދެވީ ހެ މަޖިލީހުގައި އެއް ވޯޓުން، އެދުވަހު އަދީބު ހޮވުމުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް