މިއީ ޖަޒީރާ ރާއްޖެއެއް ނޫން، މިއީ ދިވެހިރާއްޖެ: ޖާބިރު
މިއީ ޖަޒީރާ ރާއްޖެއެއް ނޫންކަމަށާއި މިއީ ދިވެހިރާާއްޖެކަމަށް ޑީއާރްޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ވާހަކަފުޅުގައި ޖާބިރު ވަނީ ސަރުކާރުގެ ޖަޒީރާ ރާއްޖޭގެ ޝިއާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިއީ ޖަޒީރާ ރާއްޖެއެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އަދި ރާއްޖެ ވާންވީ ނިޔުޔޯކް، ވޮޝިންގޓަން އަދި ސިންގަޕޫރު ފަދަ ތަނަކަށްކަމަށް ޖާބިރު ވިދާޅުވިއެވެ. ޖަޒީރާ ރާއްޖޭގެ ވާހަކަތައް ދައްކައި މިގައުމު 300 އަހަރު ފަހަތަކަށް ދާކަށް ނުޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ގައުމު ތަަރައްގީނުވަނީ ސިޔާސީ ބޭނުންތަކަށް ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް