ރޭ ހަލިމަގުގައި، އެކްސިޑެންޓްވުމުން ފިލި މީހާ ހޯދަން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން މާލެއަށް ދާ ހަލިމަގު (ހައިވޭ)ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ރޭ ހަލިމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެތަނުން އެއް ސައިކަލުގައި އިން މީހާ ވަނީ ސީން ރުޅާލުމަށްފަހު ފިލައިފައެވެ.
އަދި އެ ސައިކަލު ފަހަތުން އައި ކާރު، ކުއްލިއަކަށް ހުއްޓުނުތަނާ، ފަހަތުން އައި ސައިކަލެއް އައިސް ކާރުގައި ޖެހި އެކްސިޑެންޓެއް ވެފައުވާއިރު އެ ސައިކަލުގައި ތިބި ދެ މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައި ވަނީ އަންހެނަކާއި ފިރިހެނަކަށެވެ.
މި ކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށެވެ. އަދި އެކްސިޑެންޓްވުމުން ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހެންވޭރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް