ރޭ އައިޖީއެމްއެޗް ކައިރިން އަންހެންކުއްޖަކު ގަދަކަމުން ޓެކްސީއަކަށް ނާރުވާ: ފުލުހުން
ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ކައިރިން އަންހެންކުއްޖަކު ގަދަކަމުން ޓެކްސީއަށް އަރުވާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުުލުުހުން ބުނީ އައިޖީއެމްއެޗް ކައިރިން އަންހެންކުއްޖަކު ގަދަކަމުން ޓެކްސީއަށް އެރުވިކަމަށް ވާހަކަ ދެކެވުނަސް މިހާތަނަށް ބެލިބެލުމުން އެކުއްޖާ ޓެކްސީއަށް އަރާފައިވަނީ އަމިއްލަ ރުހުމުގައިކަން އެނގިފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ރިޕޯޓެއް ލިބުމުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން އެ ޓެކްސީ ހުއްޓުވާ ބެލިބެލުމުން އެ އަންހެންކުއްޖާ ޓެކްސީއަށް އެރީ ގަދަކަމުން ނޫންކަން އެނގިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ޓެކްސީ އަށް އެރީ އޭގައި ތިބި އޭނާގެ ރައްޓެހިންތަކަކާއި ޒުވާބުކުރުމަށްފަހު އަމިއްލައަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
"މި އަންހެންކުއްޖާ ޓެކްސީއަށް އަރާފައިވަނީ އޭނާގެ ރައްޓެހިންނާއި ޖެހުނު މައްސަލައަކާއި ގުޅިގެން އެމީހުންގެ ކައިރިއަށް ދިއުމަށް"، ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް