ބަށިބޯޅަ ފައިނަލް މެޗެއް ހުއްޓުވަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރެފި
ގއ. ދާންދޫގައި މިހާރުކުރިއަށްދާ ގއ އަތޮޅު ޒަމާނީ ބަށިބޯޅަ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިއޮތް ބަށި ބޯޅަ ފައިނަލް މެޗް ހުއްޓުވުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ދެންމެ އަމުރު ނެރެފިއެވެ.
"ވޮއިސް"އަށް މައުލޫމާތު ދެއްވަމުން ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ޝިޔާމާ ވިދާޅުވިގޮތުގައި އެފަދަ އަމުރެއްގެ މައުލޫމާތު ލިބިފައިވާކަމަށާއި، އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ކައުންސިލާއެކު މިހާރު މެޗުގެ ނުކުޅޭގޮތަށް ނިންމާފައިވާކަމަށެވެ.
މިއީ ބަށިބޯޅައިގެ ޤަވައިދުގައި ގެ ހުރި ކަންތައްތަކެއްގެ ސަބަބުން ފައިނަލްއިން ކަޓާފައިވާ ޓީމަކުން ކޯޓަށް މައްސަލަ ހުށަހެޅުމުން ނެރެފައިވާ ކޯޓު އަމުރެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ތަފްސީލް އަންނަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް