އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހުގައި ވާދަކުރުމަށް އަށް ބޭފުޅަކަށް ޓިކެޓް ދީފި
އަންނަ ދައުރުގައި ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީން އަށް ބޭފުޅަކަށް ޓިކެޓް ދީފިއެވެ.
މީގެ ކުރިން ތޭރަ ދާއިރާއަށް ވާދަކުރަން ނިންމާ އެދާއިރާތަކުގެ ކެމްޕެއިން ވެސް ކުރަމުން ދިޔަ އަދާލަތު ޕާޓީން މިރޭ ޓީކެޓް ދީފައިވަނީ އެންމެ އަށްދާއިރާއަށް ވާދަކުރުމަށެވެ.
އެގޮތުން އަދާލަތު ޕާޓީން މިރޭ ޓިކެޓު ދީފައިވާ ދާއިރާތަކާއި އެ ދާއިރާތައް ތަމްސީލުކުރައްވާ ބޭފުޅުން ތިރީގައިވާ ބޭފުޅުންނަށެވެ.
ކެލާ ދާއިރާ – ތޫބާ ރަޝީދު
މަކުނުދޫ ދާއިރާ – އަނާރާ ނައީމް
ވައިކަރަދޫ ދާއިރާ – ހުސެއިން ޝަގީބް
އިނގުރައިދޫ ދާއިރާ – އަހްމަދު ހުސެއިން
ކާށިދޫ ދާއިރާ – އަހްމަދު އަދީލް
މަހިބަދޫ ދާއިރާ - އަލީ އާޒިމް
މުލަކު ދާއިރާ– އައިޝަތު ރިޔާޝާ
ނިލަންދޫ ދާއިރާ – މުސްއަބް މުހައްމަދު
އެ ބޭފުޅުންނަށް ޓިކެޓް ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ވެރިކަން ދެމެހެއްޓުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އަދާލަތު ޕާޓީން ވަމުން އަންނަ ކަމަށެވެ. އަދި މަޖިލީހަށް ކުރިމަތި ލަނީވެސް ސަރުކާރު ދިފާއު ކުރުމަށްކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ އިންތިޚާބުގައިއަށް ދާއިރާއަށް ވާދަކުރުމަށް އަދާލަތުން ނިންމާފައިވާއިރު، އެ ޕާޓީން މީގެ ކުރިން ވަނީ އެމްޑީޕީއާއި މަޝްވަރާކޮށްގެން ބައެއް ދާއިރާތައް ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އަދާލަތު ޕާޓީއަށް ގޮނޑިތައް ދޫކުރުމަށް އެމްޑީޕީން އެއްބަސްވެފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް