ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 11 ވަނަ އީގޭޓު ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 11 ވަނަ އީގޭޓު މިއަދު އެ އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުޅުވައިފިއެވެ.
މި ގޭޓު ހުޅުވައިދެއްވީ ކޮންޓްރޮލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ އަހުމަދު ފަސީހުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އަހުމަދު ވެސް ބައިވެރި ވަޑައިގަންނަވާފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވިގެން މިދިޔަ އީ ގޭޓާއިއެކު ފުރާ މީހުންނަށާއި އަންނަ މީހުންނަށްވެސް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް