ޕީއެންްސީ މެންބަރުންނަށް ހިދުމަތްދޭން ޑެސްކެއް ހެދި ވާހަކައަކީ ދޮގެއް: އާސަންދަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
ބައެއް ފަރާތްތަކުން ގެންދަނީ ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާ އެ ކަމަށް ވަކި މުވައްޒިފުންތަކެއް ހާއްސަކޮށްފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރާފަ އެވެ.
އެ ވާހަކަތައް ދޮގުކޮށް އާސަންދައިން މިއަދު ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ޑެސްކެއް ބަހައްޓާފައި ނުވާނެ ކަމަށެވެ. އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އެދިފައިވެ އެވެ.
ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުންނަށް ހިދުމަތްދޭން ހާއްސަކޮށް އާސަންދަ އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ވާހަކަ ފަތުރާފައި މިވަނީ އާސަންދަ ހޯދުމުގައި ދަތިވާ ކަމަށް ކޮންގްރެސްގެ ބައެއް މެންބަރުން މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެ ޝަކުވާ ކުރައްވާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް