ރަމަޟާން މަހު މުދާ ވިއްކާ ތަންތަން މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެ: މިނިސްޓްރީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރަމަޟާންމަހު މުދާވިއްކާ ތަންތަން ހުޅުވާފައި ބަންދުކުރަންޖެހޭ ގަޑިތަކާއި، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެގަޑިތައް އިކޮނަމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ފަތިހު 5:30 އިން ރޭގަނޑު ދަންވަރު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
އަދި ރަމަޟާން މަހުގެ ތެރޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަަަސައްކަތްކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.
ކަލަންޑަރުގައި ވާގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މަދާމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް