މަޖިލީހުގެ ޖަަލްސާތައް މިމަހުގެ ފަހުކޮޅު ފަށަނީ
18ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 25ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މިކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ހުރިހާ ޕާޓީއެއްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ޖަލްސާތައް މިމަހުގެ 25ގައި ފެށުމަށް ނިންމާފައިވާކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދައުރު ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާއެއް ބޭއްވިއެވެ.
މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލިއިރު މުހިންމު ބިލްތަކެއް ފާސްނުވުމުގެ ސަބަބުން ގިނަ ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް