ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އާއިލާއަށް ޚަބަރެއް ނުވެ ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު / ތިންތަރި، އަޙްމަދު ޝާހީން (21އ) ފެނިއްޖެއެވެ.
ޝާހީން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށާއި، ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
އެފަހުން ދާދި ދެންމެ އަކު ފުލުހުން ބުނީ އޭނާ މިހާރު ފެނިފައިވާ ކަމަށެވެ.
އަދި ފެނިފައިވަނީ މާލެއިން ކަމަށާ އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް