އެމްއެންޔޫއިން ބޭއްވި "އޯޝަން ގަވަރނަންސް ސިމްޕޯޒިއަމް"-- ފޮޓޯ/ ވޮއިސް
އެމްއެންޔޫއިން ބޭއްވި "އޯޝަން ގަވަރނަންސް ސިމްޕޯޒިއަމް"-- ފޮޓޯ/ ވޮއިސް
ހަބަރު 04 Feb 2026 | 08:18

އެމްއެންޔޫއިން "އޯޝަން ގަވަރނަންސް ސިމްޕޯޒިއަމް" ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން އިންތިޒާމުކޮށްގެން ބޭއްވި "އޯޝަން ގަވަރނަންސް ސިމްޕޯޒިއަމް" މިއަދު ހެނދުނު ބާއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކިޔަވައިދިނުމާއި ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ދީލަތި އެހީތެރިކަމާއެކު ބޭއްވުނު މިފަދަ ދެވަނަ ސިމްޕޯޒިއަމްއެވެ. މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކަނޑުފަޅުތަކުގެ ނިޒާމީ ހިންގުން ނުވަތަ "އޯޝަން ގަވަރނަންސް" އާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރުމަށް ބާރުއެޅުމާއި، މި ދާއިރާއަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުން ހިމެނެއެވެ.

ކަނޑުފަޅުތަކުގެ ހިންގުމާ ގުޅޭ ހަރުދަނާ ޤައުމީ ޤާނޫނީ އޮނިގަނޑެއް ނެތުމާއި، އަދި މިކަމަށް ޚާއްޞަ ކުރެވިފައިވާ ގުޅިފައިވާ ޕްލޭނެއް ނުވަތަ ނިޒާމެއް ނެތުމުގެ ސަބަބުން، "އޯޝަން ގަވަރނަންސް" އަކީ ދިވެހިރާއްޖޭގައި އަދިވެސް ދިރާސާކުރުމުގެ ދާއިރާއިން ކުރިއަރުވަން ބޭނުންވާ މުހިންމު ދާއިރާއެކެވެ.

މި ސިމްޕޯޒިއަމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަލްފާޟިލް އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން، އިފްތިތާޙީ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމާއި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ވާހަކަފުޅު ދެއްކެވިއެވެ.

ސިމްޕޯޒިއަމްގެ މައިގަނޑު ތަޤުރީރު (ކީނޯޓް އެޑްރެސް) ދެއްވީ ސަސަކާވާ ޕީސް ފައުންޑޭޝަންގެ އޯޝަން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ ސީނިއަރ ރިސާޗް ފެލޯ، ޑޮކްޓަރ މަސަނޯރީ ކޮބަޔާޝީއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކާއި، ކޮލެޖުތަކާއި ސެންޓަރުތަކުގެ އިތުރުން، "ކަނޑުފަޅުތައް ހިންގުމުގައި ސަރަޙައްދީ އުޞޫލުތައް" މި މައުޟޫޢަށް 6 މުއައްސަސާއަކުން ކަރުދާސް ހުށަހެޅިއެވެ. މީގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ  ކޯސްޓްގާޑެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑާ ގުޅިފައިވާ ސަރަޙައްދީ ހަތަރު ޤައުމެއް ކަމަށްވާ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، އަދި ސްރީލަންކާގެ މަންދޫބުން ބައިވެރިވެ، ދިރާސާ ކަރުދާސްތައް ހުށަހެޅިއެވެ. އަދި މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ޕާލޭ މޯލްޑިވްސް" އިން ވެސް މި ސިމްޕޯޒިއަމްގައި ކަރުދާހެއް ހުށަހަޅާފައިވެއެވެ.

މި ސިމްޕޯޒިއަމް މެދުވެރިކޮށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އެކަޑަމީ ދާއިރާގެ ބޭފުޅުންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ސަރަޙައްދީ މާހިރުން އެއްތަންވެ، އެންމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ދިވެހިރާއްޖެއާއި ދެކުނު އޭޝިއާ ސަރަޙައްދުގައި ކަނޑުފަޅުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...