ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ވަގުތީގޮތުން ބަންދުކުރަނީ!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރަސްފަންނު މޫދަށްއެރޭ ސަރަހައްދުން ކިސަޑް ނެގުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާތީވެ، މޫދަށްއެރޭ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ ކިސަޑުތައް ނަގައި ވެލިއެޅުމުގެ މަސައްކަތް ކުރިއަށްގެންދާތީވެ، މިހިގާ ފެބުރުއަރީމަހުގެ 17 ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފެށުމަށް ނިންމާފައިވާކަމަށެވެ.

ސިޓީ ކައުންސލުން ބުނީ، މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް