ޒަޚަމްތަކާއެކު މޫދުން ފެނުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދަރުމަވަންތަ ހޮސްޕިޓާ ކައިރީ ބޭރު ތޮށި މޫދުގައި ޒަޚަމްތަކާއެކު އޮތް މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ މޫދުން ނަގައިގެން ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެއެވެ. އެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ދާދި ދެންމެ އަކު ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެމީހާގެ، ބޮލަށް އަނިޔާވެފައިވާ ކަމަށާ، އެ އަނިޔާ ލިބުނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް