ހިކެން މަސައްކަތް ކުރާއިރު ޑައިޓުގައި ކިރުތައްޓެއް ހިމެނިދާނެތަ؟
ހަށިގަނޑުން ބަރުދަން ލުއިކުރުމަށްޓަކައި ކެލެރީ މަދު ޑައިޓެއް ފޮލޯ ކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
ގިނަ ފަހަރަށް ވަކި ހާއްސަ ޑައިޓެއް ފޮލޯ ކުރާ މީހަކު، ކާން ބޭނުންވާ ބައެއް އެއްޗެހިން މަހުރޫމް ވާން ވެސް ޖެހެއެވެ. އެގޮތުން ފޮނިކާތަކެއްޗާއި، ތެޔޮ ގިނަ ކާނާގެ ބާވާތްތަކަކީ ހިކެން މަސައްކަތް ކުރާ މީހަކު ކޮންމެހެންވެސް ދުރުވާން ޖެހޭނެ ތަކެއްޗެވެ.
ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކެއުމަށް އިންސާފު ކުރާއިރު ކިރުތައްޓެއް ބުއިމަކީ ގިނަ މީހުން ކުރާ ކަމެކެވެ.
އެހެންނަމަވެސް ހިކެން މަސައްކަތް ކުރާ މީހަކު ނަމަ، ކިރުތަށި ބުއިމަކީ ރަނގަޅު ގޮތެއް ކަމާއިމެދު ސުވާލު އުފެދެއެވެ. އެ ސުވާލުގެ ޖަވާބު މި ލިޔުމުގައި ހިމަނާލެވޭތޯ މަސައްކަތް ކުރާނަމެވެ.
ކިރަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ ބުއިމެކެވެ. ޕްރޮޓީން އަކީ ބަނޑުހައި ވުމުން ދުރުކޮށްދޭ މާއްދާއެކެވެ. އެހެންކަމުން ކިރު ބުއިމުން ބަނޑުހައިވުމުން ދުރުކޮށްދިނުމުގެ ސަބަބުން ޑައެޓް ކުރަން ފަސޭހަވެގެން ދެއެވެ.
ކިރުގައި ވިޓަމިން ބީ-ތުރީވެސް ހިމެނެއެވެ. އެ މާއްދާ އަކީ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ހަށިގަނޑަށް ހަކަތަވެސް ލިއްބައިދޭ މާއްދާއެއްވެސް މެއެވެ.
އެހެންކަމުން ޑައެޓް ކުރާ މީހުންވެސް ކޮންމެ ދުވަހަކު ކިރުތައްޓެއް ބުއިމަކީ ފައިދާ ހުރި ކަމެއްގެ ގޮތުގައި ގިނަ ޑައިޓީޝަނުން ސިފަކުރެއެވެ. ކިރުތައްޓެއްގައި ހިމެނެނީ 150 ކެލަރީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް