އެއާޕޯޓުތައް ހިންގަން ބޭރު ބަޔަކަށް ދިނުމުގެ ވިސްނުމެއްނެތް: އަސްލަމް
ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ބޭރުގެ އެއްވެސް ފަރާތަކަށް ދިނުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ ވިދާޅުވެއްޖެ އެވެ.
އަސްލަމު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނ. މާފަރު އެއާޕޯޓާ ބެހޭ ގޮތުން މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހާރޫނު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އަސްލަމް ވިދާޅުވީ، އެއާޕޯޓަކާ ކައިރިވެއްޖެ ނަމަ ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ބިރު ގަންނަ ކަމަށެވެ. އެހެންކަމުން އެސަބަބާ ހުރެ ބޭރުގެ ބަޔަކަށް އެއާޕޯޓް ހިންގަން ހަވާލުކުރަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.
"އެއާޕޯޓު ހިންގަން ބޭރު ބަޔަކާ ހަވާލުކޮށްފިއްޔާ ބަޔަކު މީހުން ވަރަށް ބިރުގަނޭ. މިއަދުގެ ހާލަތުގައި ހިންގެން އޮތް ސިޔާސަތަކީ އެއީ.'' އަސްލަމް ވިދާޅުވި އެވެ.
ހާރޫނުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ މާފަރު އެއާޕޯޓު އޮޕަރޭޓް ކުރާނީ އައިލެންޑް އޭވިއޭޝަނުން ކަމަށެވެ.
އަސްލަމު މިފަދައިން ވިދާޅުވިއރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން 25 އަހަރަށް ކުއްޔަށް ދިނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޖީއެމްއާރުއަތުން އެއާޕޯޓު ނެގިއެވެ. އޭގެ ބަދަލު ހޯދުމަށް ޖީއެމްއާރުން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 300 މިލިއަން ޑޮލަރު ދައްކަން ދިވެހި ދައުލަތުގެ މައްޗަށް އެންގިއެވެ. އެފައިސާ އެއްފަހަރާ ދައްކާ ހަލާސްކުރީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް