މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖިލީހަކަށް ލިބިގެންނެއް ނުވޭ: ޑރ. ޖަމީލު
ޑރ. އަފްރާޝީމު އަލީގެ މަރުގެ ރިޕޯޓުގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަރުކޮމިޝަނުން ތަހުގީގުކޮށް، އާންމުކުރި ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންކަމަށް ބަދަލު ގެނެސް، އަދި އެރިޕޯޓުގައި ސަލަފު ޖަމުއިއްޔާގެ މައްޗަށް ޓެރަރިޒަމަށް ވާގިދޭ ކަމުގެ ތުހުމަތެއްކޮށްފައި ވަނިކޮށް، މަޖިލީހުގެ 241 ކޮމެޓީގެ ސަބް ކޮމެޓީން އެރިޕޯޓު އިތުރަށް ދިރާސާކުރުމަށްފަހު 241 ކޮމެޓީން މިއަދު ފާސްކުރުމާއި ގުޅިގެންނެވެ.
ސަބްކޮމެޓީން ރިޕޯޓު ފާސްކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެކަނި އިންނަވައިގެންނެވެ.
ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމް މަރުގެ ރިޕޯޓްގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖްލީހަކަށް ލިބިގެން ނުވާ ކަމަށެވެ.
އެމްޑީޕީ ކޮންޓްރޯލްކުރާ ހަތިޔާރަކަށް އެ ރިޕޯޓް ވެއްޖެ ކަމަށާއި ރިޕޯޓްގެ އިތުބާރު ގެއްލިއްޖެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ، ލާޖައްސާ އުސޫލުން ރިޕޯޓާ މެދު ކަންތައްކުރުމަކީ ރޭވުމެއް ކަމަށެވެ.
ޑރ. ޖަމީލު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ކަންތައްކުރަ ގޮތް ތަފާތުވާނެ ކަމަށާއި ކުރާނީ ވަރަށް ތަހުޒީބުކޮށް ކަމަށެވެ.
''މިފަހަރުގެ ޑްރާމާ ތަންކޮޅެއް މުޑުދާރުވީއެވެ.'' ޖަމީލު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް