ރައީސް ނަޝީދު ގޮނޑި ކާމިޔާކުރެއްވީ ކުޑަ ތަފާތަކުން
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މައްޗަން ގޯޅި މެދުރާއިރާއަށް ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.
ގިނަ ބަޔަކު އުއްމީދު ކުރިގޮތާއި ޚިލާފަށް ރައީސް ނަޝިދަށް ގޮނޑިކާމިޔާބު ކުރެވިފައިވަނީ އެންމެ 152 ވޯޓް ގެ ތާފާތަކުންނެވެ. އެދާއިރާއަށް ހަ ކެނޑިޑޭޓުން ވާދަކުރިއިރު ނަޝީދާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުުން އިންތިޚާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދުއެވެ. އޭނާއަށް 863 ވޯޓް ލިބިވަޑައިގެންނެވެ.
ވަގުތީ ނަތީޖާއިން ރައީސް ނަޝީދު ކުރީގެ އުޅުއްވާއިރު މި ނަތީޖާއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.
ދާއިރާއަށް ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ އިބްރާހިމް މުހައްމަދު އެވެ. ރައީސް ނާޝީދު އެ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް މާބޮޑު ކެމްޕެއިނެއް ނުކުރާކަން ފާހަގަކޮށްލެވެއެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިއަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް