މޯލްޑިވް ގޭހުގެ ޑީއެމްޑީ މުހައްމަދު އަބްދުލްކަރީމް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރުކުމާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެއެވެ.
ރުކުމާ އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކުންފުނީގެ ހިންގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ ރުކުމާ އައްޔަން ކޮށްފައިވަނީ ވެމްކޯގެ ޑީއެމްޑީގެ މަގާމަށެވެ. ނަމަވެސް 2024 އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކޮށްފައެވެ.
އެފަހުން މިދިޔަ އަހަރު ޖޫންމަހު އޭނާ ވަނީ މޯލްޑިވްސް ގޭސް ކުންފުންޏަށް ބަދަލު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް