ިމިއަދު މާފަންނު ވެލިދަނޑުގަައި ފުޅަނދުތައް ދައްކާލަނީ
ރޭ މާލޭގެ މަގުމަތީގައި އޮތް ފުޅަނދުބުރުގައި ދުއްވި ފުޅަނދުތައް މިއަދު އާންމުންނަށް ދައްކާލުމަށް ނިންމައިފިއެވެ.
އެގޮތުން މިއަދު ހަވީރާއި މިރޭ މާފަންނު ވެލިދަނޑުގައި އެ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަަރަކާތުގައި ފުޅަނދުތަކުގައި ބައިވެރިވި ފަރާތްތަކާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރޭ އޮތް ފުޅަނދު ބުރުގައި ފަސް ކުންފުންޏަކުން ނުވަ ފުޅަނދެއް ވަނީ ދައްކާލާފައެވެ.
މި ފުޅަނދުތަކުން އާންމު ގޮތެއްގައި ފެނިފައިވަނީ ދިވެހިވަންތަ ދިރިއުުޅުމާއި ޒަމާނީ ކާޓޫން ކެރެކްޓާތަކެވެ. ރޭގެ ފުޅަނދުބުރު ބަލައިލުމަށް ގިނަބަޔަކު މާލޭގެ މަގުމައްޗަށް ނިކުތެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް