މާލޭ ގެއަކުން މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، 16،000 ރުފިޔާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެކސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހެންވޭރުގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 214 ގްރާމްގެ މެތަންފެޓަމިންއާއި، 16،870 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އަދި، އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް