ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފި
ތަގުވާ މިސްކިތުން ފަންކާތައް ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ތަގުވާ މިސްކިތުން ފަންކާ ގެންދާ މަންޒަރުގެ ވީޑިއޯކޮޅެއް އެކްސް ގައި ހިއްސާކޮށްފައެވެ. އެ މިސްކިތުގައި ބަހައްޓާފައި ހުރި ސްޓޭންޑް ފަންކާއެއް މީހަކު ވަގަށް ގެންދާ މަންޒަރު ދައްކުވައިދޭ މި ވީޑިއޯ ހިއްސާ ކުރަމުން އެ ކައުންސިލުން ބުނީ، ތިން ރޭ މަތިން ތަގުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާކަމަށާއި، މި ވީޑިއޯ ފުޓޭޖް މިހާރު ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، މިކަންކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށް ގެނެވިފައިވާ ކަމަށެވެ.
ތަގުވާ މިސްކިތުގެ އިތުރުން މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް ވަނީ ވަގަށް ނަގައިފައެވެ. މީގެ އިތުރުންވެސް ހޮނިހިރު ދުވަހުގެ ރޭ އެ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ވަގަށް ނަގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް