އެމްއެމްޕީއާރުސީގެ އެމްޑީ މަޤާމުން ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ފާތިމަތު ތައުފީޤު (ކުޑީ) ވަކިކޮށްފިއެވެ.
ކުޑީ, އެމަޤާމުން މިއަދު ވަކިކޮށްފައިވާކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވުނު ކުޑީ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ކުޑީ އެމަޤާމުން ވަކިކުރެވުނު ސަބަބެއް އެމްއެމްޕީއާރުސީ އަދި ޕީސީބީއިންވެސް ހާމަކޮށްފައެއްނުވެއެވެ.
ކުޑީ އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާަމުން ވަކިކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި އާއިޝަތު ނޫރައިން ޖަނާހު އިއްޔެގެ ވަގުތެއްގައި އޭނާ ހުންނެވި މަގާމުން އިސްތުފާދެއްވާފައިވާކަން ޕީސީބީން މިއަދު ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް